އަލީ ވަހީދު ވިދާޅުވަނީ ވަގުތު ޖެހުމުން ހަގީގަތް އެނގޭނެ ކަމަށް

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު-- ފޮޓޯ / މިހާރު

ރައީސް ސޯލިހުގެ އެންގެވުމަށް އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އޭނާއަށް ކުރެވޭ ތުހުމަތުތައް ދިފާއު ކުރައްވައި ވާހަކަ ދައްކަވައިފިއެވެ.

"މި ދުވަސްވެސް ހިނގައިދާނެ،" މިހެން ލިޔެފައިވާ ޕޯސްޓަރެއް ޓުވީޓު ކުރައްވަމުން އަލީ ވަހީދު ވިދާޅުވެފައި ވަނީ ރައްޔިތުންނާއި ގައުމަށް ހިދުމަތް ކުރެވުނީތީ ފަހުރުވެރިވާ ކަމަށެވެ. ވަގުތު ޖެހުމުން ހަގީގަތް އެނގޭނެ ކަމަށާއި އިރާދަ ކުރެއްވިއްޔާ ތެދު އަބަދުވެސް ކާމިޔާބު ހޯދާނެ ކަމަށެވެ.

މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ކަމަކާ ގުޅޭ ގޮތުން، ޓޫރިޒަމްް މިނިސްޓްރީގެ މުވައްޒަފުންތަކެއް ކުރި ޝަކުވާތަކަކާ ގުޅިގެން، މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިރޭ ވަނީ އެމަނިކުފާނަށް އަންގަވާފައެވެ.

ބެލެވޭ ގޮތުގައި އަލީ ވަހީދުގެ އިސްތިއުފާ ރަސްމީކޮށް ހުށަހަޅުއްވާނީ މާދަމާއެވެ.

Leave a Reply

Your email address will not be published. Required fields are marked *