ރޭ ރޯވި ތިލަފުށީ ގުދަނުގައި ދޭތެރެ ދޭތެރެއިން ރޯވަނީ

ރޭ ރޯވި ގުދަނުގައި އަދިވެސް އަލިފާން ހިފަނީ: ފޮޓޯ / އެމްއެންޑީއެފް

ސިނާއީ މަސައްކަތްތަކަށް ދޫކޮށްފައިވާ ތިލަފުށީގައި ހުރި ގުދަނެއްގައި ރޭ ރޯވި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކޮށްފައިވީ ނަމަވެސް އެ ގުދަނުގައި ދޭތެރެ ދޭތެރެއިން އަދިވެސް ރޯވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. 

އެމްއެންޑީއެފުން ބުނީ ރޭ ރޯވި އަލުފާނުގެ ސަބަބުން އެމްއެންޑީއެފްގެ ތިލަފުށީ ފަޔާ ސްޓޭޝަންގެ ސިފައިން އަދިވެސް ފެންޖެހުމުގެ މަސައްކަތުގައި ހަރަކާތްރެި ވަމުންދާ ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައި ވަނީ ރޭ 20:24 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ. ނަމަވެސް އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ އެތައް އިރެއްވީ ފަހުންނެވެ. 

އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި މާލެއިން ފަޔާ ފައިޓަރުންގެ ދެ ޓީމެއް ދިޔައެވެ.

Leave a Reply

Your email address will not be published. Required fields are marked *