ފެއިލްވެއްޖެ، ނުވި، މި ބަސްތައް އަޅުގަނޑުމެންނަށް އެބަ އަމާޒުވޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ/ މަޖިލިސް

ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަމާޒުކޮށް، އިދިކޮޅު ފަރާތްތަކުން އަމާޒުކުރަމުންދާ ބައެއް ބަސްތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި، ރައީސް ނަޝީދު ވިދާޅުވީ ބަޔަކު ދީފާނެ ރައްދަކަށް މެމްބަރުން ތަޅުލެވިފައި ނުތިއްބެވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.

"ޒުވާން ޖޯޝުގައި މިކަންކަމާ ގުޅޭ ގޮތުން އަޅުގަނޑުމެން ވާހަކަ ދައްކާއިރުގައި، ފެއިލްވެއްޖެ، ނުވި، އަޅައެއް ނުލި، މި ބަސްތައް އަމާޒުވާކަށް. އެހެންވިޔަސް ކަންބޮޑުވެ ނުލައްވާ. އަޅުގަނޑުމެންގެ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފު، ތިޔަ އިއްޒަތްތެރި މެމްބަރުން ފެއިލްނުވާކަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަޖިލީހުގައި ބަހުސް ކުރިއަށް ގެންދިޔަ ވަގުތުއެވެ.

"ފެއިލް ވެއްޖެ، ނުވި، އަޅައެއް ނުލި" މި ބަސްތައް އަމާޒުވަމުންދާ ކަމަށް ނަޝީދު ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކުން "ފެއިލް ވެއްޖެ" ނަމުގައި ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުންދަނިކޮށެވެ.

Leave a Reply

Your email address will not be published. Required fields are marked *