ނޭކުރެންދޫ ކަނޑޫފާ ހަލާކުވެ، ކަނޑުލަށްވީ ގޮތް މަޖިލީހުގައި ދައްކާލައިފި

ނޭކުރެންދޫ ކަނޑޫފަލަށްވެފައިވާ ގޮތް، އަދި އެތަނުން ލިބޭ ކަނޑުލަށްވެފައިވާ ގޮތް-- ފޮޓޯ. ހަތާވިސް

ރާއްޖޭގައި އޮތް އެންމެ ބޮޑު ކަނޑޫފާ، ހދ. ނޭކުރެންދޫ ކަނޑޫފާ ހަލާކުވަމުންދާ ވަމުންދާތީ އެކަން މަޖިލީހުގެ ސަމާލު ކަމަށް ގެނެސްފިއެވެ.

ނޭކުރެންދޫ ކަނޑޫފާ ހަލާކުވަމުންދާ ފޮޓޯތަކާއި އެ ކަނޑޫފަލުން ލިބޭ ކަނޑޫތަކަށް މިހާރުކޮށްފައިވާ ގޮތް ތަޅުމުގައި ދައްކާލެއްވީ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޢީއެވެ.

އޭނާ ވަނީ ކަނޑޫފަލުން މިހާރު ލިބޭ ކަނޑޫތައް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމެޓީގެ މުގައްރިރު ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމަށް ވެސް އަރުވާފައެވެ.

"ހަމައެކަނި ކަނޑޫ ހަލާކުވަމުން ދަނީ. 10،000 ގަސް ހަލާކުވެއްޖެ. މިހިރީ އިއްޔެ އެ ރަށުން ގެނައި ކަނޑޫ، މި އެއްޗެއްސަށް އައިސްފައި ހުރި ބަދަލު ބައްލަވައި ދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،" ރާއީ ވިދާޅުވިއެވެ.

ރާއީ އެ ވާހަކަތައް ވިދާޅުވީ ގދ. ތިނަދޫއަށް އުނދައަރާ މައްސަލައާ ގުޅިގެން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ މައްސަލައިގެ ބަހުސްގައި ގިނަ މެމްބަރުން ގެންދަނީ އެ ދާއިރާތަކަށް ލިބޭ ގެއްލުންތައް މަޖިލީހުގައި ފާޅުކުރައްވަމުންނެވެ.

އަލަށް އިންތިހާބުކޮށްފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގެންދަނީ މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް އަންނަމުންދާ ބަދަލުތައް ރައްޔިތުންގެ ސަމާލު ކަމަށް ގެންނަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *