ރާއްޖެއިން މިއަދުވެސް 23 މީހަކަށް ކޮވިޑް ޖެހިއްޖެ

ކޮވިޑް19 އަށް ތައްޔާރުވުމުގެ ގޮތުން މީގެކުރިން ބޭއްވި ޑްރިލްއެއްގެ ތެރެއިން: ފޮޓޯ / މިހާރު

މިއަދުވެސް ރާއްޖެއިން ކޮވިޑް19 23 މީހަކަށް ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ރާއްޖެއިން 16 ދިވެއްސަކަށާއި ބަންގްލަދޭޝް ހަތް މީހަކަށް ކޮވިޑް19 ޖެހިފައިވާ ކަމަށެވެ. މިއާއި އެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2491އަށް އަރާފައެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 64 މީހަކު ވަނީ ބަލިންވެސް ރަނގަޅުވެފައެވެ. މިއާއިއެކު ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދު 2113އަށް ވަނީ އަރާފައެވެ.

މިހާރު މި ބައްޔަށް ފަރުވާ ދެމުން ދަނީ 361 މީހަކަށެވެ. މިހާތަނަށް ރާއްޖެއިން މި ބަލީގައި 12 މީހަކު ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *