އަލުން ހުޅުވާލާއިރު 42 ރިސޯޓު އޮޕަރޭޓު ކުރާނެ: ޓޫރިޒަމް

ރާއްޖޭގެ ރަށެއްގައި ފަތުރުވެރިންތަކެއް: ހަތާވީސް ފޮޓޯ / މުހައްމަދު އަފްރާހު

މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު 42 ރިސޯޓު އޮޕަރޭޝަނަށް ދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފިއެވެ.

ރާއްޖޭގެ ރިސޯޓުތައް އަލުން އޮޕަރޭޝަނަށް ފަށާނެ ދުވަސްތައް ހިމެނޭ ޓެންޓޭޓިވް ރިޕޯޓެއް މިއަދު އާއްމުކޮށްފައިވާއިރު އެ ރިޕޯޓު ބުނާ ގޮތުން ކޮވިޑް19 ގެ ބަލިމަޑު ކަމުގެ ތެރެއިންވެސް ރާއްޖޭގައި 8 ރިސޯޓެއް ދަނީ އޮޕަރޭޓު ކުރަމުންނެވެ. އެއީ ފޯސީޒަންސް ޕްރައިވެޓް އައިލެންޑް އެޓް ވޯވަށް، ފޯ ސީޒަންސް ލަނޑާ ގިރާވަރު، ލިލީ ބީޗް، ލަކްސް ނޯތު މާލެ އެޓޯލް، އޮބްލޫ ބައި އެޓްމޮސްފިއާ އެޓް ހެލެނގެލި، ސޮނެވާފުށި، އަންގްސާނާ ވެލާވަރުގެ އިތުރުން ވެލާ ޕްރައިވެޓް އައިލެންޑްއެވެ.

ޓޫރިޒަމް އިން ބުނީ އަންނަ އޮގަސްޓު މަހުގެ ތެރޭގައި 25 ރިސޯޓެއް އޮޕަރޭޝަނަށް އަންނާނެ ކަމަށެވެ. އަދި އިތުރު 28 ރިސޯޓެއް ސެޕްޓެމްބަރު ތެރޭގައި އޮޕަރޭޝަނަށް ދާނެ ކަމަށްވެސް ބުންޏެވެ.

އެ ލިސްޓު ބުނާގޮތުން އޮކްޓޯބަރު މަހު 47 ރިސޯޓެއް އަދި ނިވެމްބަރުގައި ދެ ރިސޯޓު އަދި ޑިސެމްބަރުގައި އެއް ރިސޯޓު އޮޕަރޭޝަނަށް ގެންނާނެއެވެ. 11 ރިސޯޓެއް މިއަހަރުގެ ތެރޭގައި އޮޕަރޭޝަނަށް ދިއުމާއި މެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 27ވަނަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *