ސަރުކާރު "ފެއިލް ވެއްޖެ" ކަމަށް އިދިކޮޅުން ޖަލްސާއެއް!

ރައީސް ޔާމީން އިސްވެ ހުންނަވައިގެން ބޭއްވި އިދިކޮޅު އެއްވުމެއްގެ ތެރެއިން-- ފޮޓޯ/ ސަން

އިދިކޮޅު ޕީޕީއެމް/ޕީއެންސީން "ފެއިލް ވެއްޖެ" ނަމުގައި ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ސަރުކާރުން ފެއިލްވެފައިވާ ކަމަށް ބުނެ، ބާއްވާ ޖަލްސާ އޮންނާނީ އަންނަ ހަފްތާގެ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައެވެ.

އިދިކޮޅުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕީއެންސީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ޖަލްސާ ބާއްވާނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ އުސޫލުތަކާއި އެއްގޮތަށް މާސްކު އަޅައިގެން ކަމަށެވެ. ޖަލްސާ ބޭއްވުމުގެ ހުއްދައަށް ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާ ކަމަށް ސުޖާއު ވިދާޅުވިއެވެ.

ކޮވިޑް19ގެ ނުރައްކަލާ ގުޅިގެން ރައްޔިތުންގެ ގޭގައި ބަންދުކޮށްގެން، ސަރުކާރުން ވައްކަންކޮށްފައިވާ ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *