ގުޅީފަޅުން ފްލެޓު ގަތް މީހުންނަށް ބަދަލުގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާއާ ހިޔާ ފްލެޓެއް!

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ގުޅިފަޅުގައި އިމާރާތް ކުރި ފްލެޓުތަކަށް ފައިސާ ދެއްކި މީހުންނަށް ބަދަލުގެ ގޮތުގައި ހަތަރު ލައްކަ އަށްވުރެ ގިނަ ރުފިޔާ ދިނުމަށްފަހު އެ ފްލެޓުތަކަށް ފައިސާ ދެއްކި ފަރާތްތައް އެދޭ ކަމަށްވާ ނަމަ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ ތެރެއިން ފްލެޓު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ގުޅީފަޅުން ފްލެޓު ގަތުމަށްޓަކައި ފައިސާ ދައްކާފައިވާ ފަރާތްތަކުން ޑައުން ޕޭމަންޓުގެ ގޮތުގައި ދައްކާފައިވާ މިންވަރަކީ ސަރުކާރުން ބަދަލުގެ ގޮތުގައި ދިނުމަށް ނިންމާފައިވާ މިންވަރަށް ވުރެވެސް ބޮޑު އަދަދެއް ކަމަށެވެ.

ދެހާސް ސަތާރަވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިއަހަރުގެ ޑިސެމްބަރު މަހާއި ހަމައަށް އެފަރާތްތަކުން ކުއްޔަށް ދިރިއުޅެން ހޭދަކުރި ފައިސާއަށް ބަލައި މަހަކު، 12000 ރުފިޔާގެ ރޭޓުން، ތިން އަހަަރަށް، 432000 ރުފިޔާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިނުމަށް ވަނީ ނިންމާފައެވެ.

ދެހާސް ދިވަނަ އަހަރު އިއުލާނު ކުރި ގުޅިފަޅު މަޝްރޫއުގެ ތެރެއިން، ފްލެޓް ގަތުމަށް 140 ފަރާތަކުން ފައިސާ ދައްކާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *