ކާށިދޫ ކައިރިއަށް ބޯޓެއް އަޑިއަށް ގޮސް ދަތުރުކުރި މީހުން ކަނޑުވެއްޖެ

ގެއްލިގެން ހޯދަމުން އަންނަ ފަތޮޅު ނަމަކަށް ކިޔާ ބޯޓު: ފޮޓޯ / އެމްއެންޑީއެފް

ކ. ކާށިދޫ ކައިރިއަށް ބޯޓެއް އަޑިއަށް ގޮސް އެ ބޯޓުން ދަތުރުކުރި މީހުން ކަނޑުވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ކަނޑުވި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެ މީހުން ހޯދުމުގެ މަސައްކަތަށް ސީޕްލޭންގެ އެހީތެރި ކަމާއި އެކުގައި ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އަޑިއަށް ގޮސްފައިވާ ބޯޓަކީ "ފަތޮޅު"ނަމަކަށް ކިޔާ ބޯޓެކެވެ. އެ ބޯޓު އަޑިއަށް ގޮސްފައި ވަނީ ކާށިދޫގެ އުތުރުން ނުވަ މޭލު ބޭރުންނެވެ. އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 12:29 ހާއިރު ކަމަށެވެ.

ބޯޓު އަޑިއަށް ދާ ކަމަށް ރިޕޯޓް ލިބިފައި ވަނީ އިންޖީނު ހުއްޓިގެން ބޯޓު އެއް ފަރާތަށް އަރިއަޅާލައިގެން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އެ ބޯޓުން ދަތުރު ކުރި މީހުން އަދި ނުފެނެއެވެ. އެ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފް އިން ބުނީ ބޯޓުގައި ތިބި މީހުން ކަނޑުވެފައި ތިއްބާ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ފެނިގެން 14:20 ހާއިރު އެ މީހުން ނަގާފައިވާ ކަމަށެވެ. އަދި މިހާރު އެ މީހުން މާފިލާ ފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. ބޯޓުގައި ތިބީ ހަތަރު ދިވެހިންނާއި އެއް ބިދޭސީއެކެވެ. އެންމެންގެ ހާލުވެސް ރަނގަޅެވެ.

Leave a Reply

Your email address will not be published. Required fields are marked *