ޓްރީޓޮޕް މުވައްޒަފަކަށްވެސް ކޮވިޑް ޖެހިއްޖެ

ޓްރީޓޮޕް ހޮސްޕިޓަލް --

ޓްރީޓޮޕް ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފަކު ވެސް ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި އެޗްއީއޯސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޓްރީޓޮޕް އިން ކޮވިޑަށް ޕޮޒިޓިވްވި މުވައްޒަފާއި ކޮންޓެކްޓު ޓްރޭސިންގެ ތެރެއިން މިހާތަށް 9 މުވައްޒަފަކު ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިހާތަނަށް ޓްރޭސް ކުރެވުނު އެއްވެސް މުވައްޒަފެއްގެ ކިބައިން ބަލީގެ އަލާމާތެއް ނުފެންނަ ކަމަށެވެ.

ޓްރީޓޮޕް އިން މުވައްޒަފު ކޮވިޑަށް ޕޮޒިޓިވްވިއިރު އައިޖީއެމްއެޗް އިން އިތުރު ދެ މުވައްޒަފަކު ކޮވިޑް19 އަށް މިއަދުވެސް ވަނީ ޕޮޒިޓިވްވެފައެވެ. އައިޖީއެމްއެޗުން ޖުމްލަ 15 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވާއިރު އޭގެތެރޭގައި 6 މުވައްޒަފުންނާއި 7 ބަލި މީހުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި ބަލި މީހުންގެ އެހީތެރިންގެ ގޮތުގައި ތިބި މީހުންގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވެފައިވެއެވެ.

މިއަދުވެސް ރާއްޖެއިން ކޮވިޑަށް 33 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 19 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއަދު ޕޮޒިޓިވްވި 33 މީހުންނާއެކު ޖުމްލަ އަދަދު ވަނީ 2468 އަށް އަރާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *