ފިޔަވަތީގައި މަސައްކަތް ކުރާ މުވައްޒަފަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ --

ފިޔަވަތީގައި މަސައްކަތް ކުރާ މުވައްޒަފެއް ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި އެޗްއީއޯސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފިޔަވަތިން މީހަކު ޕޮޒިޓިވްވުމާއި އެކު އެތަނުގެ 32 މީހަކު ކަރަންޓީން ކޮށްފައިވާ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކަރަންތީން ކޮށްފައިވަނީ 11 މުވައްޒަފުންނާއި އެތަނުގައި ތިބި 21 ކުޑަކުދިންނެވެ. ފިޔަވަތިން ފެނިފައިވާ މި ކޭސް އަކީ އައިޖީއެމްއެޗްގެ ކޭސްއާ ގުޅުން ހުރި ކޭސްއެއް ކަމަށް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ. އެމީހާ އަކީ އައިޖީއެމްއެޗްގައި އޮތް ބަލިމީހެއްގެ އާއިލާ މީހެކެވެ.

މިއަދުވެސް ރާއްޖެއިން ކޮވިޑަށް 33 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 19 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއަދު ޕޮޒިޓިވްވި 33 މީހުންނާއެކު ޖުމްލަ އަދަދު ވަނީ 2468 އަށް އަރާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *