ދެ މުވައްޒަފުންނާއި ދެ ބަލި މީހަކު އައިޖީއެމްއެޗް އިން ޕޮޒިޓިވްވެއްޖެ

އައިޖީއެމްއެޗް-

އައިޖީއެމްއެޗްގެ އިތުރު ދެ މުވައްޒަފަކާއި ދެ ބަލި މީހުން ޕޮޒިޓިވް ވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ މިހާތަނަށް އައިޖީއެމްއެޗްގެ ކޭސްތަަކަށް ބަލާލާއިރު އައިޖީއެމްއެޗުން ޖުމްލަ 15 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެތެރޭގައި 6 މުވައްޒަފުންނާއި 7 ބަލި މީހުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި ބަލި މީހުންގެ އެހީތެރިންގެ ގޮތުގައި ތިބި މީހުންގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިއަދު މެންދުރާ ހަމައަށް 308 ސާމްޕަލަ އައިޖީއެމްއެޗް ކޭސް އާ ގުޅިގެން ނަގާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މިއަދުވެސް ރާއްޖެއިން ކޮވިޑަށް 33 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 19 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއަދު ޕޮޒިޓިވްވި 33 މީހުންނާއެކު ޖުމްލަ އަދަދު ވަނީ 2468 އަށް އަރާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *