ތިނަދޫ އަށް ވަރަށް ބޮޑަށް އުދަ އަރައިފި

ގދ. ތިނަދޫ އަށް އުދަ އަރަނީ --

ގދ. ތިނަދޫ އަށް ވަރަށް ބޮޑަށް އުދަ އަރައިފިއެވެ.

ތިނަދޫ ކައުންސިލުން ބުނީ އުދަ އަރަމުން ދަނީ މިއަދު މެންދުރުން ފެށިގެން ކަމަށެވެ. އުދައިގެ އަސަރު އެ ރަށުގެ ބަނދަރު ސަރަހައްދުގައި ހުރި ރެސްޓޯރަންޓުތަކާިއ ފިހާރަތަކަށް ވެސް ވަނީ ކޮށްފައެވެ.

ގދ. ތިނަދޫ އަށް އުދަ އަރަނީ ---

އުދައިގެ ސަބަބުން ރަށުގެ ބަނދަރު ކޮށްފައިވާ ދޯނިތައް ވެސް ހީވަނީ އެއްގަމަށް ލައްގައިފާނެ ހެންނެވެ. އެހާވެސް ދިޔަވަރު ބޮޑެވެ. ތިނަދޫ އަކީ އަބަދުވެސް މޫސުން ގޯސްވެއްޖެ ނަމަ އުދަ އަރާ ރަށެކެވެ. "ހަތާވީސް އޮންލައިން"އާ ވާހަކަދެއްކި ތިނަދޫ ރައްޔިތަކު ބުނީ އާއްމު ގޮތެއްގައިވެސް މޫސުން ގޯސް ދުވަސްވަރު ތިނަދޫ އަށް އުދަ އަރާ ކަމަށެވެ.

"އެކަމަކު މިއީ މިފަހުން މިހާ ބޮޑަށް އުދަ އެރި ފުރަތަމަ ފަހަރު. ވަރަށް ބޮޑަށް އަރާފައި އޮތީ. އެކަމުގެ ސަބަބުން އެމްޓީސީސީން މިރަށަށް އަންނަ ފެރީ އަށް މީހުންވެސް އަރުވަން ޖެހުނީ ލޯޑަރެއް ގެންގޮސްގެން،" އޭނާ ބުންޏެވެ.

Thinadhoo udha
ގދ. ތިނަދޫ އަށް އުދަ އަރަނީ ---

އެ ރަށަށް އުދަ އެރި ނަމަވެސް މީހަކަށް ވެސް އަދި އިމާރާތްތަކާއި ތަކެއްޗަށް ވެސް ގެއްލުމެއް ނުވެއެވެ. ތިނަދޫގެ އިތުރުން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީ އަށްވެސް ވަނީ ވަނީ ވަރަށް ބޮޑަށް އުދަ އަރާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *