ރައީސް ސޯލިހު ސަލާމަތީ ބާރުތަކާ ބައްދަލުކުރައްވަނީ

ސިފައިންގެ އަހަރީ ދުވަހުގެ ހަފްލާއެއްގައި ރައީސް ސޯލިހު: ފޮޓޯ / މިހާރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސިފައިންނާއި ފުލުހުންނާ މިއަދު ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ، ސިފައިންނާ ބައްދަލުކުރައްވަން ހަމަޖެހިފައިވަނީ މިރޭ ކަޅުތުއްކަލާ ކޮށީގައި ކަމަށެވެ. އަދި އެ ބައްދަލުވުމުގެ މީޑިއާ ކަވަރޭޖް ހެދުމަށް މީޑިއާތަކަށް ވަނީ ފުރުސަތު ދީފައެވެ.

ފުލުހުންނާ ރައީސް ބައްދަލު ކުރައްވާނީ މިއަދު ހަވީރު 4:15 ގައެވެ. އެ ބައްދަލު ކުރުން އޮންނާނީ އިސްކަންދަރު ބިލްޑިންގައި ކަމަށް ފުލުހުން ބުނެއެވެ.

މިއީ މިފަދަ ގޮތަކަށް ފުލުހުންނާއި ސިފައިންނާ ރައީސް ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.

Leave a Reply

Your email address will not be published. Required fields are marked *