ދޮންދަރިއާ ބެހުނު މީހާގެ ބަންދަށް 15 ދުވަސް

ރޭޕް ކުރުމާއި ދެކޮޅަށް ބޭއްވި އެއްވުމުގެ ތެރެއިން: ފޮޓޯ / ޓްވީޓާ

ދިހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް މިއަދު ޖަހައިދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ ނޯތް ސެންޓްރަލް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ދޮންބައްޕަ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންނަށް ހުށަހެޅީ ބުދަ ދުވަހު ކަމަށެވެ. އެ މައްސަލަ 57 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހައްޔަރުކުރި މީހާ އަކީ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހެއް ކަމަށެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ އެކުއްޖާގެ ދޮންބައްޕައެވެ.

Leave a Reply

Your email address will not be published. Required fields are marked *