މަރުވީ ކޮވިޑު ޖެހުނު މީހެއް ނޫން، އޭނާ މަރުވީ ކެންސަރުގައި: އެފްޕީއޭ

ސިއްހީ އޮފިޝަލުންތަކެއް މާސްކް އަޅައިގެން: ފޮޓޯ / މިހާރު

ކޮވިޑް19 ޖެހިގެން މަރުވި ކަމަށް މިއަދު ބުނި މީހަކީ ކެންސަރުބަލީގައި މަރުވި މީހެއް ކަމަށް ހެލްތު ޕްރޮޓްކެޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން އެގޮތަށް ބުނީ މިރޭ ކުރި ޓްވީޓެއްގައެވެ. މަރުވި މީހާއަކީ ކެންސަރު ބަލީގެ ހަތަރު ވަނަ ސްޓޭޖުގައި ހުރި މީހެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ކުރިން ބުނެފައި ވަނީ 39 އަހަރުގެ އިންޑޮނޭޝިއާ ފިރިހެނަކު މިރޭ މަރުވެފައިވަނީ ކޮވިޑް ޖެހިގެން ފަރުވާ ދެމުންދަނިކޮށް ކަމަށެވެ. އޭނާ އަށް ފަރުވާ ދެމުން ދިޔައީ އައިޖީއެމްއެޗުގައެވެ.

ކޮވިޑް19 ޖެހިގެން އިއްޔެ ވެސް މީހަކު މަރުވިއެވެ. ނަމަވެސް މިއަދު މަރުވި މީހާއަކީ ކޮވިޑް ޖެހިގެން މަރުވި މީހެއް ނޫން ކަމަށް އެޗްޕީއޭއިން ބުނުމުން، ކޮވިޑް19ގައި މަރުވި މީހުންގެ އަދަދަކީ 10އެވެ.

Leave a Reply

Your email address will not be published. Required fields are marked *