ބޮޑު ހިޔާނާތާ ގުޅިގެން ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

ސްޕެޝަން އޮޕަރޭޝަންގެ ފުލުހުންތަކެއް: ބަލައިފާސްކުރީ ހަތަރު މުއައްސަސާއެއް ގުޅިގެން--

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް މާލެ ސިޓީގައި ފުލުހުން ފަށައިފިއެވެ.

ދައުލަތުގެ ހަތަރު މުއައްސަސާއެއް ގުޅިގެން ހިންގާ އޮޕަރޭޝަންގެ ދަށުން މާލެ އާއި ހުޅުމާލޭގެ ހަތަރު ތަނެއް ބަލައިފާސްކުރުމުގެ މަސައްކަތް ކުރަމުންއެބަދެއެވެ.

ބަލައިފާސްކުރުމުގެ އޮޕަރޭޝަންގައި ބައިވެރިވާ މުއައްސަސާތަކަކީ ފުލުހުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)، ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ މި އޮޕަރޭޝަން ކުރިއަށް ގެންދަނީ އެމްއެމްޕީއާރްސީ މައްސަލައާ ގުޅިގެން ފުލުހުންނާއި، އޭސީސީ، ޕީސީސީއާރް ގުޅިގެން ކަމަށެވެ.

މިފަދަ އޮޕަރޭޝަނެއް ފުލުހުން ފަށާފައިވާއިރު އެމްއެމްޕީއާރްސީގެ ހިޔާނަތުގެ ފައިސާ ލިބުނު ފަސް ފުލުހަކު ދާދިފަހުން ވަނީ ވަޒީފާ އިން ސަސްޕެންޑް ވެސް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *