މަޖިލިސް އިދާރާގައި ރެސްޓޯރަންޓަކާއި ޖިމެއް ހުޅުވަނީ

ރައްޔިތުން މަޖިލީހުގެ އިދާރާގެ ބޭރު: ފޮޓޯ / މިހާރު

ރައްޔިތުން މަޖިލީހުގެ އިދާރާގައި ފިހާރައަކާއި ރެސްޓޯރަންޓަކާއި އަދި ޖިމެއް ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރެސްޓޯރަންޓު ގާއިމްކުރަނީ މަޖިލިސް އާ އިމާރާތުގެ ޓެރަހުގައެވެ. މަޖިލީހުގެ ޖަލްސާގައި މިއަދު މަޖިލިސް ރައީސް ވިދާޅުވީ އެތަން ހިންގާނީ މަޖިލީހުގެ ސޯޝަލް ކްލަބުން ކަމަށެވެ. އަދި އެތަނުގައި މެންބަރުންގެ ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރެވޭނެ އިންތިޒާމުތައް ވެސް ހަމަޖެހިގެން ދާނެ ގޮތަށް މަސައްކަތްތައް ކުރެވެމުންދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މަޖިލިހުގެ ޔައުމިއްޔާ އާއި ތައްޔާރު ކުރާ ރިޕޯޓުތައް ގަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން މަޖިލިހީގައި ފިހާރައެއް ހުޅުވަން ވެސް ނިންމާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އާ އިމާރާތުގައި މެންބަރުންނަށް ކިއުބިކަލްތަކެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށާއި އެތަންތަނުގައި މެންބަރުންގެ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *