މާދަމާ ސަރުކާރު ހުޅުވާނެ، މިސްކިތްތަކާ އެކު ކެފޭތައް ވެސް ހުޅުވާނެ: ރައީސް

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެންއީއޯސީ ހިދުމަތްތެރިންނާ އިއްޔެ ވާހަކަ ދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް

މާދަމާ ސަރުކާރާއި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފަށާނެ ކަމަށާއި ކެފޭތައް ވެސް ހުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ކޮވިޑާ19 ނުރައްކާ ރާއްޖެއަށް ބޮޑުވުމުން އުފެއްދެވި ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން (އެންއީއޯސީ) އުވާލެއްވުމަށްފަހު، “ނިއު ނޯމަލް”އަށް މާދަމާ އަމަލު ކުރަން ފަށާނެ ކަމަށް ވިދާޅުވެ ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ އޮފީސްތަކާއި ކެފޭ ރެސްޓޯރަންޓުތަކާއި ފިހާރަތަކުން “ނިއު ނޯމަލް”އާ އެއްގޮތަށް މާދަމާ ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

Leave a Reply

Your email address will not be published.