އެފްއޭއެމަށް ފިޔަވަޅު އަޅަން މަޖިލީހަށް، ހުށަހެޅުއްވީ އާޒިމް!

އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މަޖިލީހުގެ ޖަލްސާއެއްގައި: ފޮޓޯ / މަޖިލިސް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އެފްއޭއެމަށް ފިޔަވަޅު އަޅަން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމެވެ. ޔޫތު މިނިސްޓްރީން އެފްއޭއެމްއަށް ފިޔަވަޅު އަޅާފައިނުވާތީ، މެދުހެންވޭރު ދާއިރާގެ މެމްބަރު ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަލައިގަތީ 31 މެމްބަރުންގެ ވޯޓުންނެވެ.

އޭނާ ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ ކުޅިވަރުގެ ޤާނޫނާއި ފީފާގެ އުސޫލުތަކާ ހިލާފަށް އެފްއޭއެމުން އަމަލުކޮށްފައިވާ ކަމަށެވެ. އަދި އެކަންތައްތައް އަމަލު ނުކުރާނަމަ، އެފްއޭއެމަށް ފިޔަވަޅު އެޅުމުގެ ބާރު ޔޫތު މިނިސްޓްރީއަށް ލިބިގެންވާ ކަމަށާއި އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް މިނިސްޓްރީއަށް އެންގުމަށެވެ.

އެފްއޭއެމުން އަމަލު ކުރަންޖެހޭ ކަންތައްތަކަށް ފުރިހަމަނުކޮށް، އެ ޖަމިއްޔާއިން ބާއްވަން އުޅޭ އިންތިހާބު ނުބޭއްވުމަށް ވެސް އާޒިމް މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވެއެވެ.

"ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ގަވާއިދާއި ދިވެހިރާއްޖޭގެ ކުޅިވަރުގޭ ޤާނޫނާއި ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓަށް އެންގުމަށާއި އަދި މިހުރިހާ ކަމަކަށް އަމަލު ކުރުމަށްފަހު ނޫނީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށާއި އަދި ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަޖިލީހުގެ ގަވާއިދުގެ ގަވާއިދުގައިވާ ގޮތަށް މި މައްސަލަ ހުށަހަޅަން،" އާޒިމް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published.