މަޖިލީހުގެ ބަޖެޓުން 30 މިލިއަން ކަނޑާލަން ސަރުކާރުން ހުށަހަޅައިފި

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު: ބަޖެޓް ކުޑަކުރަން ހުށަހެޅުއްވީ/ ފޮޓޯ- ހަތާވީސް

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓުން 30 މިލިއަން ރުފިޔާ ކަނޑާލުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޖިލީހަށް މިއަހަރުގެ ބަޖެޓުން ކަނޑައަޅާފައި ވަނީ 173.4 މިލިއަން ރުފިޔާއެވެ. އެ ފައިސާގެ ތެރެއިން 30 މިލިއަން ކަނޑާލުމަށް ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

މިނިސްޓަރު އަމީރު ހުށަހެޅުއްވި ސިޓީއާ ގުޅިގެން މާލިއްޔަތު ކޮމެޓީގައި އިއްޔެ ވަނީ މަޝްވަރާކޮށްފައެވެ.

މާލިއްޔަތު ކޮމެޓީން ވަނީ އެ މައްސަލާގައި މިނިސްޓަރު އަމީރު މަޖިލީހަށް ހާޒިރުކޮށް، މަޝްވަރާކުރުމަށް ނިންމާފައެވެ. މިނިސްޓަރު ހާޒިރު ކުރާ ބައްދަލުވުމުގައި މާލިއްޔަތު ކޮމެޓީ އާއި އިގްތިސާދީ ކޮމެޓީ އެކުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ކޮންމެ އަހަރެއްގެ ބަޖެޓް ދިރާސާ ކުރަނީ މާލިއްޔަތު ކޮމެޓީ އާއި އިގްތިސާދީ ކޮމެޓީ އެކުވެގެންނެވެ.

މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު އިއްޔެ ވިދާޅުވީ މަޖިލީހުގެ ބަޖެޓް ކުޑަކުރާތީ ކޮން ދާއިރާތަކުންކަން ސާފުކުރަންޖެހޭ ކަމަށެވެ.

"މިނިސްޓަރު ބޭނުންފުޅުވަނީ ކޮން ކަމެއްތޯ މިތަނުން ކުޑަކުރަން. އެއީ އަޅުގަނޑުމެން ސާފު ކުރަން ބޭނުންވާ ކަމެއް. އަޅުގަނޑަކަށް ނުފެނޭ މަޖިލީހުގެ މުވައްޒަފުންގެ މުސާރައަށް މިވަގުތު ބަދަލެއް ގެނެވިދާނެ ކަމަކަށް. މިނިސްޓަރު އެދިވަޑައިގަންނަވަންޏާ މެމްބަރުންގެ މުސާރަ ކަނޑާލަން އަޅުގަނޑު އެއްބަސް.،" އަފީފު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *