އޭސީސީގައި އޮތް ތެލުގެ ވަގު ވިޔަފާރީގެ ރިޕޯޓު ކޮމެޓީއަށް ހިއްސާކުރަން އެދިއްޖެ

ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ / މަޖިލިސް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި އޮތް އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ޕްރައިވެޓް ލިމިޓެޑުން ހިންގި ތެލުގެ ވަގު ވިޔަފާރީގެ ރިޕޯޓު ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ އަށް ހިއްސާ ކުރުމަށް އެދެން ފާސްކޮށްފިއެވެ.

މި މަހުގެ 24ވަނަ ދުވަހު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެ މައްސަލަ ޖުޑީޝަރީ ކޮމެޓީން އަންނަނީ ދިރާސާ ކުރަމުންނެވެ. އެ މައްސަލާގައި މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި މެންބަރުން ވަނީ އެ މައްސަލަ އާއި ގުޅިގެން އޭސީސީގައި ހުރި ލިޔެކިއުންތައް މަޖިލީހާއި ހިއްސާ ކުރުމަށް އެދުމަށް ދަންނަވާފައެވެ. އެހެންކަމުން ކޮމެޓީން ވަނީ އެގޮތަށް އަމަލުކުރުމަށް ނިންމާ އެކަން ފާސްކޮސްފައެވެ.

ދާދިފަހުން އޭސީސީން ވަނީ ތެލުގެ ވަގު ވިޔަފާރީގެ ރިޕޯޓު އަލުން ރިވިއު ކުރުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ. އޭސީސީން ބުނީ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ ތަހުގީގު ކުރުމަށް ހަވާލުކުރި ގްރާންޓް ތޯންޓަން އިން ކުރި މަސައްކަތުގައި ބޭނުންކުރި ލިޔެކިޔުންތައް 2013ވަނަ އަހަރުގެ ތެރޭގައި އޭސީސީ އާއި އޭރުގެ އެޓާނީ ޖެނެރަލް އޮފީހުން ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ލިޔުންތައް މިހާރުވެސް އޭސީސީގައި އެބަހުރި ކަމަށްވެސް އޭސީސީން ބުންޏެވެ.

“މިދެންނެވި މައްސަލައަކީ 11 މެއި 2011 ވަނަ ދުވަހު މި ކޮމިޝަނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ތަހުގީގުކުރަން ފެށި މައްސަލައެކެވެ. އަދި އެ މައްސަލައިގެ ތަހުގީގު އިތުރުަށް ކުރއަށް ގެންދެވޭނެ ވަރަށް މައުލޫމާތު ނެތްކަމަށް 2018 މެއި 8ގައި ކަނޑައަޅައި މައްސަލަ ފައިލް ކުރުމަށް ނިންމާފައިވެއެވެ،” އޭސީސީގެ ބަޔާނުގައިވެއެވެ.

އަދި ބުނީ އެ މައްސަލަ އެ ކޮމިޝަނުގެ ފަރާތުން ރިވިއު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ މައްސަލަ ރިވިއު ކުރަނީ އެ ކޮމިޝަނަށް އެއްވެސް ފަރާތަކުން މައްސަލައެއް ހުށަހަޅައިގެން ކަމެއް ނުވަތަ އެ ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން ކަމެއް ހާމައެއް ނުކުރެއެވެ.

އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ޕްރައިވެޓް ލިމިޓެޑު މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި ކޮށްފައިވާ ކަމަށް ބުނެ، އެ މައްސަލަ ތަހުގީގުކުރުމަށް ބޭރުގެ ކުންފުންޏާ ހަވާލުކުރީ ކުރީގެ ރައީސް، އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެކަމާއި ގުޅިގެން ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ހަތް ވަނަ ދުވަހު ބަދަލުވީ އެ މައްސަލައިގެ ރިޕޯޓު އާންމުކުރަން އޮތް ދުވަހު ކަމަށެވެ.

Leave a Reply

Your email address will not be published.