ނައިފަރު ކައުންސިލްގެ ރައީސް ކާރިމްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައިފި

ނައިފަރު ކައުންސިލަރުގެ ރައީސް މުހައްމަދު ކަރީމް---

ގާނޫނާ ހިލާފަށް ކައުންސިލް ހިންގުމުގައި އިހުމާލުވެފައި ވާތީ ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފިއެވެ.

ކާރިމް އަކީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޓިކެޓުގައި ނައިފަރު ކައުންސިލް އަށް އިންތިހާބުވެފައިވާ މެންބަރެކެވެ. އޭނާ މަގާމުން ދުރުކުރީ މިއަދު ބޭއްވި ނައިފަރު ކައުންސިލްގެ ބައްދަލުވުމުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައި ވަނީ 30 ދުވަހުގެ ނޯޓިސް އެއްވެސް ދިނުމަށްފަހުއެވެ. އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ބޭއްވި ކައުންސިލް ބައްދަލުވުމަށް ކާރިމްގެ އިތުރުން ކައުންސިލްގެ މެންބަރު މަމްނޫހް އީސާ ބައިވެރިއެއް ނުވެއެވެ.

ކާރިމްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައިވަނީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ކައުންސިލްގައި މަޝްވަރާ ކުރުމެއްނެތި އަދި ކައުންސިލުން ނިންމުމަކާއި ނުލާ، ކައުންސިލްގެ ނަމުގައި ސަރުކާރުގެ އެކި އިދާރާތަކަށް ކައުންސިލްގެ މެމްބަރުންނަށް ސިޓީ ފޮނުވާފައިވާތީ އާއި ރަސްމީ އިދާރާތަކުން ކައުންސިލްގެ ރައީސް އާއި ހިއްސާ ކުރާ މައުލޫމާތު ކައުންސިލް އިދާރާއާއި ހިއްސާ ނުކުރާތީއެވެ.

އޭނާ ވަނީ ކައުންސިލާއި އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި ކައުންސިލް އިދާރާގެ، އިދާރީ މުވައްޒަފުންގެ މައްސަލަތައްވެސް ކަމާބެހޭ އިދާރާތަކަށް ފޮނުވާފައެވެ.

މީގެއިތުރުން ކޮވިޑް19 އާއި ގުޅިގެން ރަށްރަށުގައި ގާއިމު ކުރަން ޖެހޭ ޓާސްކްފޯހާއި، އެމަޖެންސީ އޮޕަރޭޝަން ސެންޓަރާއި އެ ސެންޓަރަށް ލަފާދޭ ކޮމިޓީ ވެސް އުފައްދާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ކާރިމް މަސައްކަތް ކޮށްފައިވަނީ އޭނާ ބޭނުން ގޮތަކަށެވެ. އެކަމުގެ ސަބަބުން ރަށު ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކާރިމް ވަނީ 2012ވަނަ އަހަރު  ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމުން  ވަޒީފާގެ ބޭނުމުގައި ޕީޕީއެމް އަށް ގުޅިފައެވެ.

Leave a Reply

Your email address will not be published.