ރޭޕާ ދެކޮޅަށް ޖެންޑާ މިނިސްޓްރީ ދޮށަށް އެއްވެއްޖެ

ރޭޕް ކުރުމާއި ދެކޮޅަށް ބޭއްވި އެއްވުމުގެ ތެރެއިން: ފޮޓޯ / ޓްވީޓާ

ރޭޕާ ދެކޮޅަށް ޖެންޑާ މިނިސްޓްރީ ކައިރިއަށް ބަޔަކު އެއްވެ، އަޑުއުފުލަން ފަށައިފިއެވެ.

ޕޯސްޓަރުތައް ހިފައިގެން ތިބި މީހުން އަޑުއުފުލަމުން ދަނީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށެވެ. ޖިންސީ ޝިކާރައަކަށްވާ މީހުންނަށް ރައްކާތެރިކަން ކަށަވަރު ނުކުރެވޭތީ، އެ ވާހަކަތައް ވެސް ދަނީ ގޮވަމުންނެވެ.

ޖެންޑާ މިނިސްޓްރީ ދޮށަށް އެއްވާތީ، ފުލުހުން ވަނީ އެ މިނިސްޓްރީ ހިމެނޭ ސަރަހައްދު ބަންދުކޮށްފައެވެ. ޖެންޑާ މިނިސްޓްރީ ހިންގާ ހިންގަނީ ސިޓީ ކައުންސިލް ކުރިން ހިންގި ބިންލޫރިޖެހިގޭގައެވެ.

މުޒާހަރާގެ ބައިވެރިންނަށް އެ ސަރަހައްދަށް ނުވަދެވޭތީ، މުޒާހަރާ ކުރަމުންދަނީ މަޖީދީމަހާއި އަލިކިލޭގެފާނުމަގު ގުޅޭ ކަންމަތީގައެވެ.

ރޭޕާ ދެކޮޅަށް މުޒާހަރާ ފަށާފައި ވަނީ ސަފާރީއެއްގައި ބޭރު އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

Leave a Reply

Your email address will not be published. Required fields are marked *