އާމިރާ މަގާމުން ވަކިނުކުރަން ކޮމެޓީން ފާސްކޮށްފި

ސީއެސްސީގެ މެމްބަރު ކަމަށް އާމިރާ އައްޔަން ކުރި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރުކަމުން ފާޠިމަތު ޢާމިރާ ވަކިނުކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސީއެސްސީއަށް އައްޔަން ކުރެއްވި އާމިރާ މަގާމުން ވަކިނުކުރުމަށް ކޮމެޓީން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ފަސް މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެވަގުތު ކޮމެޓީގައި ނުވަ މެމްބަރުން ތިއްބެވިއެވެ.

އާމިރާ މަގާމުން ވަކިނުކުރުމަށް ހުށަހެޅެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަދުން ހުސައިން)އެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމެވެ.

އެގޮތަށް ފާސްކުރި ކޮމެޓީގެ ރިޔާސަތު ބެލެހެއްޓެވީ މީކާއީލު އަޙްމަދު ނަސީމެވެ. ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ މީކާއީލަކީ އެ ކޮމެޓީގެ ނައިބު މުގައްރިރެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ސީއެސްސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ ކޮމެޓީން ނިންމުމާއެކު، ކޮމެޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވަނީ ކޮމެޓީގެ މުގައްރިރުކަމާ ހަވާލުވެވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *