ސީއެސްސީގެ ހަތަރު މެމްބަރަކު މަގާމުން ވަކިކުރަން ކޮމެޓީން ފާސްކޮށްފި

މަގާމުން ވަކިކުރާ ހަތަރު މެމްބަރުން: ސީއެސްސީގެ ރައީސް ޑރ. ޝަމީމް ވަކިކުރަން ފާސްކުރީ ހަތް މެމްބަރުންގެ އަގުލަބިއްޔަތުން

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރުކަމުން އެ ކޮމިޝަންގެ ރައީސާ އެކު ހަތަރު މެމްބަރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފިއެވެ.

މަގާމުން ވަކިކުރަން ކޮމެޓީން ފާސްކުރި ނަންތަކަކީ އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ކޮމިޝަންގެ ނައިބު ރައީސް ޝާހިދު މުހައްމަދާއި ކޮމިޝަންގެ ދެ މެމްބަރުން ކަމަށްވާ ޒަކަރިއްޔާ ހުސައިނާއި އިބްރާހިން ޝަހީގެވެ.

ސީއެސްސީގެ ކޮންމެ މެމްބަރަކު ވަކިކުރަން ވަކިވަކިން ކޮމެޓީގައި އެހި ވޯޓުގައި ޑރ. ޝަމީމް މަގާމުން ވަކިކުރުމަށް ހަތް މެމްބަރަކު ވޯޓު ދެއްވިއެވެ. އަދި ޝަހީދު މަގާމުން ވަކިކުރަން ފަސް މެމްބަރަކު ވޯޓު ދެއްވިއެވެ. ޒަކަރިއްޔާ އާއި ޝަހީގު މަގާމުން ވަކިކުރަން ހަތް މެމްބަރަކު ވޯޓު ދެއްވިއެވެ.

ސީއެސްސީގެ އެ ހަތަރު މެމްބަރުން މަގާމުން ވަކިކުރަން ހުށަހެޅީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމެވެ. އެ ހުށަހެޅުމަށް ތާއިދު ކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙުސައިން ޝަހީމް (އަދުން ހުސައިން)އެވެ.

Leave a Reply

Your email address will not be published.