ބާރުވެރި ފަރާތަކުން ރޭޕް ތަހުގީގަށް ނުފޫޒު ފޯރުވި ކަމަށް ބުނެ، ކުއްލި މައްސަލައެއް

ކުއްލި މައްސަލަ ހުށަހެޅުއްވި މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ-- ފޮޓޯ/ މަޖިލިސް

ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބޭރު އަންހެނެއް ރޭޕްކުރި މައްސަލަށް ބާރުވެރި ފަރާތަކުން ނުފޫޒު ފޯރުވި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲއެވެ.

އޭނާ ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ރޭޕް މައްސަލާގައި ކުށުގެ ވެށިން، ހައްޔަރު ކުރި ދެ މީހުންނާމެދު ފުލުހުން އަމަލު ކުރިގޮތާ ގުޅިގެން، އަނިޔާ ލިބުނު އަންހެން މީހާގެ ހައްގަށް އުނިކަން ލިބިފައިވާ ކަމަށެވެ.

"މި މައްސަލަ ތަހުގީގު ކުރުމުގައި ސިޔާސީ ގޮތުން ބާރުވެރި ފަރާތްތަކެއްގެ ނުފޫޒު ފޯރަމުންދާތީ މިނިވަންކަމާއެކު މި މައްސަލަ ތަހުގީގުކުރެވިދާނެ ކަމަށް ނުބެލެވޭތީ، މި ފަދަ ކަންކަން ތަކުރާރުވަމުން އަންނާތީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ ބޮޑެތި އިހުމާލުތަކެއް އޮވެގެން ކަމަށްވާތީ،" ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލާގައިވެއެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުށަހެޅުއްވި މައްސަލަ ބަލައިގެންފައި ވަނީ 35 މެމްބަރުންގެ ވޯޓުންނެވެ.

އެ މައްސަލައިގެ ބަހުސް މަޖިލީހުގައި މިއަދު ވަނީ ފަށާފައެވެ.

 

Leave a Reply

Your email address will not be published.