ޕޮޒިޓިވްވީ 19 މީހުން، ބަލިން ރަނގަޅުވީ 36 މީހުން

ކޮވިޑް19 އަށް މީހުން ޓެސްޓު ކުރުމާއި ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ މީހެއް ---

ރާއްޖެއިން މިއަދުވެސް 19 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 7 ދިވެހިންނާއި ބަންގްލަދޭޝް 10 މީހެއްގެ އިތުރުން އިންޑިއާ ދެ މީހެއް ކަމަށެވެ.

މިއާއި އެކުގައި މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2324އެވެ. އެޗްޕީއޭ އިން ބުނީ މިއަދުވެސް ބަލިން ގިނަ އަދަދެއްގެ ބަޔަކު ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން މިއަދު 36 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 1911 އަށް އަރާފައެވެ. މިހާތަނަށް މި ބައްޔަށް ފަރުވާ ދެމުން ދަނީ 400 މީހަކަށެވެ.

މި ބަލީގައި ރާއްޖެއިން ވަނީ 8 މީހަކު މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *