މާދަމާ ޖެންޑާ މިނިސްޓްރީ ކައިރީގައި ރޭޕް ކުރުމާއި ދެކޮޅަށް އަޑު އުފުލަނީ

މީގެކުރިން ކުޑަކުއްޖަކު ރޭޕްކުރިި މައްސަލާގައި ޖެންޑާ މިނިސްޓްރީ ކައިރީގައި އަޑު އުފުލަނީ --

ރޭޕްކުރުމާއި ދެކޮޅަށް މާދަމާ މާލޭގައި އިހުތިޖާޖު ކުރުމަށް ނިންމައިފިއެވެ.

މިގޮތަށް އިހުތިޖާޖޔު ކުރުމަށް ނިންމާފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލުމުން އެކަމާއި ދެކޮޅަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަޑު އުފުލަމުން އަންނަ ވަގުތެއްގައެވެ.

ވޮއިސް އޮފް ޗިލްޑްރެން އިން އިންތިޒާމުކުރާ މި އެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ޖެންޑާ މިނިސްޓްރީ ކައިރީގައެވެ. މި އެއްވުމަށް އަންނައިރު މާސްކު އެޅުމަށާއި، އަދި އެއްވުން ކުރިއަށްދާނީ ގައިދުރުކަމަށް އިސްކަންދީގެން ކަމަށް މި ހަރަކާތް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

ރޭޕްގެ މި މައްސަލަ ބޮޑުވެފައި މިވަނީ އެ މައްސަލައިގެ ތުހުމަތު ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ފިރިމީހާ އަށް ކުރަމުން އަންނާތީއެވެ. އަދި މި މައްސަލާގައި ސިޔާސީ ގޮތުން ބާރުގެ ބޭނުން ކޮށްފައިވާ ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

މިކަމާއި ގުޅިގެން އެންމެ ފަހުން މައުލޫމާތު ހިއްސާ ކުރަމުން ފުލުހުންގެ ވަޓްސްއަޕް ގްރޫޕުގައި ފުލުހުން ބުނެފައިވަނީ ފުލުހުންނަށް ހުށަހެޅޭ ހުރިހާ މައްސަލައެއްގައި ވެސް ބަލަނީ ޖިނާއީ މިންގަނޑުން ހެއްކާއި ގަރީނާ ހުރިތޯ ކަމަށެވެ. އަދި އެއީ ތަހުގީގު ކުރާ ފަރާތްތައް ތަހުގީގުގެ އަލީގައި ނިންމާ ނިންމުންތަކެއް ކަމަށް ފުލުހުން ބުންޏެވެ. ތަހުގީގު ކުރުމުގައި ހިމެނެނީ ތަފްސީލް ކަންކަމާއި ގުޅިގެން ނޫސްވެރިން ސުވާލު ކުރަމުން ގެންދާތީ ފުލުހުން ބުނީ އެކަންކަން ހާމަކުރެވެން އޮތް މިންވަރަކުން ހާމަ ކުރަމުން ގެންދާނެ ކަމަށެވެ. އެފަދަ މައުލޫމާތުތައް ތަހުގީގުގެ އެހާ ކުރީކޮޅުގައި ހާމަކުރުމަކީ ތަހުގީގަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ. ފުލުހުން ބުނީ މައްސަލައިގެ މައުލޫމާތު ހާމަ ކުރުމަށް ވަކި ތަފާތެއް ނުގެން ގުޅޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އެ ސަފާރީ އިން 39 އަހަރުގެ ދެ ދިވެހިން ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެ މައްސަލާގައި ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން، އެ ދެމީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *