ރޭޕްގެ މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ނިންމައިފި

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ފުލުހުންގެ ކޮމެޓީއެއްގައި: ފޮޓޯ / މަޖިލިސް

މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްްސަސާތަކާއި ބެހޭ ކޮމެޓީގެ މުގައްރިރް އަދި އައްޑޫ މީދޫ ދާއިރާޣެ މެންބަރު ރޯޒޭނާ އާދަމް ވިދާޅުވީ، ހުޅުމާލެ ސަފާރީ ރޭޕް ކޭސްގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބަލައި މިކަމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންއިން ކުރަމުންދާކަމެއް އޮތްތޯ ބެލުމަށް މާދަމާ ކޮމެޓީއަށް އެެޖެންޑާ ކުރެވިފައިވާ ކަމަށެވެ.

މި މައްސަލަ މާދަމާ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ވެސް ބެލުމަށް ވަނީ އެޖެންޑާކޮށްފައެވެ. އެ ކޮމެޓީގެ ބައްދަލުވުން އޮތީ މާދަމާ މެންދުރު 14:00 އަށެވެ. އެ ބައްދަލުވުމަށް މިހާރު އެ މައްސަލަ އޮތީ އެޖެންޑާ ކޮށްފައެވެ. ނަމަވެސް ކޮމެޓީގެ މުގައްރިރުކަން ކުރައްވާނީ ކޮމެޓީގެ ނައިބު މުގައްރިރު ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާރު (ފިއްޓެ)އެވެ. އެ ކޮމެޓީގެ މުގައްރިރަކީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ.

މި މައްސަލައަކީ މިހާރު ގައުމުގައި އެންމެ ބާރަށް ދެކެވޭ ވާހަކައެވެ. މިވާހަކަ އެންމެ ބޮޑަށް ދެކެވެނީ މިކަމުގައި ފުލުހުން އަމަލުކުރި ގޮތުންނާއި މި މައްސަލާގައި ޝާމިިލުވާ ދެ މީހުންގެ ތެރެއިން އެކަކަކީ ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ފިރިމީހާ ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.

އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އެ ސަފާރީ އިން 39 އަހަރުގެ ދެ ދިވެހިން ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެ މައްސަލާގައި ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން، އެ ދެމީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަތިހު 5:00 ހާއިރު ކަމަށެވެ.

1 thought on “ރޭޕްގެ މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ނިންމައިފި

  1. Fuluhun ekan ran’galhah gendhanikoh sarukaarun foanu call eh koh fuluhun ge machchah nufoozu foaruvaa ekan vaki gothakah gendhan angaa biru dhekkeemaa noontha fuluhun e dhe rapistun dhookollee. Adhives fuluhun tha goas vee……?

Leave a Reply

Your email address will not be published. Required fields are marked *