އަސްލަމް އަށް ރުހުން ދޭން ކޮމެޓީން ފާސްކޮށްފި

ދެ މިނިސްޓްރީ އެއްކޮށްލުމަށްފަހު އަސްލަމް އެ މަގާމަށް އައްޔަން ކުރައްވަނީ: ފޮޓޯ / ރައީސް އޮފީސް

ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ކަމުގެ މަގާމަށް އައްޔަން ކުރެއްވި މުހައްމަދު އަސްލަމް އަށް ރުހުން ދިނުމަށް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ފާސްކޮށްފިއެވެ.

މި މަގާމަށް އަސްލަމް އައްޔަން ކުރެއްވީ މި މަހުގެ 14ވަނަ ދުވަހުއެވެ. މިދިޔަ ހަފްތާގައި ކޮމެޓީން ވަނީ އަސްލަމް އަށް ރުހުން ދޭން ފެންނަ ކަމަށް ކޮމެޓީގެ މެންބަރުންގެ އިއްތިފާގުން ނިންމާފައެވެ.

މި މަހުގެ 11ވަނަ ދުވަހު މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އުވާލާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ ގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބަދަލުކުރައްވާފައެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ކުރިން މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން ކުރަމުން ގެންިދޔަ އެންމެހައި މަސައްކަތްތައް ދެން ކުރާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިންނެވެ.

އަދި އެ މަސައްކަތްތައް ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގައި ތިބި މުވައްޒަފުން އާ މިނިސްޓްރީ އަށް ބަދަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *