ބޭރު އަންހެނަކާއި ބެހުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ރާއްޖޭގައި އޮޕަރޭޓު ކުރާ ސަފާރީތަކެއް: ފޮޓޯ / ލިވަބޯޑު އެސޯސިއޭޝަން

ހުޅުމާލޭ ފަޅު ތެރޭގައި އަޅާފައި އޮތް ސަފާރީއެއްގެ ތެރޭގައި ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަތިހު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ހިންގި އޮަޕަރޭޝަނެއްގައި ހައްޔަރު ކުރީ ދިވެހި ދެ ފިރިހެނުންނެވެ. ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރު ކުރީ ކުށުގެ ވެށިން ކަމަށެވެ. އެ ދެ މީހުންގެ އުމުރަކީ ވެސް 39 އަހަރެވެ.

ނަމަވެސް ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން، އެ ދެމީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އެ މައްސަލަ އަދިވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *