ހުޅު ގުޅުވުމުގެ ނާޒުކު އޮޕަރޭޝަނެއް ތިނަދޫގައި ކާމިޔާބުކޮށްފި

ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު(އޭއެސްއެމްއެޗް)ގައި އިއްޔެ ކުރި އޮޕަރޭޝަން-- ފޮޓޯ/ އޭއެސްއެމްއެޗް

ހުޅު ގުޅުވުމުގެ ނާޒުކު އޮޕަރޭޝަނެއް ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް)އިން ކާމިޔާބުކޮށްފިއެވެ.

އެ ހޮސްޕިޓަލުން ބުނީ ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފައި ވަނީ އުކުޅުވަޅުގެ ހުޅު ގުޅުވުމުގެ އޮޕަރޭޝަނެއް ކަމަށެވެ. އެ ހުޅު ގުޅުވާފައި ވަނީ މަސްނުވީ މައުދަނެއް ބޭނުންކޮށްގެންނެވެ. އޮޕަރެޝަނަށްފަހު، ހުޅު ގުޅުވާފައިވާ މަންޒަރު ފެންނަ، އެސްރޭއެއް އެ ހޮސްޕިޓަލުން ވަނީ އާންމުކޮށްފައެވެ.

އައިޖީއެމްއެޗުން ފޯރުކޮށްދިން އިންސްޓްރޫމަންޓުތައް ބޭނުންކޮށްގެން އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ދެ ޑޮކްޓަރެކެވެ. އެ ޑޮކްޓަރުންގެ ނަންތައް ވެސް އޭއެސްއެމްއެޗް ވަނީ އާއްމުކޮށްފައެވެ.

ތިނަދޫގައި ހުންނަ އޭއެސްއެމްއެޗަކީ ހުވަދު އަތޮޅުގައި ހުންނަ އެންމެ ވަސީލަތްތައް ކުރިއަރާފައިވާ ހޮސްޕިޓަލެވެ. ސަރުކާރުގެ އަމާޒަކީ ބޭސްފަރުވާއަށް މާލެއަށް އަންނަން ނުޖެހި، އަތޮޅުތަކުގެ ރައްޔިތުންނަށް ރީޖަނަލް ހޮސްޕިޓަލުތަކުން ފަރުވާ ކުރެވޭ ވަރަށް، އެތަންތަން ތަރައްގީ ކުރުމެވެ.

Leave a Reply

Your email address will not be published. Required fields are marked *