ބޯޓަކުން މޫދަށް ވެއްޓުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

އެމްއެންޑީއެފް ކޯސްޓް ގާޑް/ ފޮޓޯ- އެމްއެންޑީއެފް

ތިލަފުށި އުތުރުގައި އަޅާފައި އޮތް “ގޭސް އެޓްލާންޓިކް” ނަމަކަށް ކިޔާ ބޯޓަކުން މޫދަށް ވެއްޓުނު ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މީގެކުރިން އެމްއެންޑީއެފް އިން ބުނެފައި ވަނީ ބިދޭސީ އަކު މޫދަށް ވެއްޓުނު ކަމުގެ މައުލޫމާތު ލިބުނީ މިރޭ 22:20 އެހާކަށްހާއިރު ކަމަށެވެ. އަދި އެމީހާ ވެއްޓުނުކަމުގެ މައުލޫމާތު ލިބުމާއި އެކު އެމްއެންޑީއެފްގެ މާލެ އޭރިއާ ކޯސްޓުގާޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އެމީހާ ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ކަނޑުގެ 51 މީޓަރުގެ އަޑިން ފެނިފައިވާ ކަމަށެވެ. އެމީހާ ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެމްއެންޑީއެފް އިން ބުނީ އެ ބޯޓުން ދެ ބިދޭސީ އަކު މޫދަށް ވެއްޓުނު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެގޮތުން އޭގެތެރެއިން އެކަކު އެ ސަރަހައްދުން މަސްވެރިކަމަށް ނިކުމެ އުޅުނު ޑިންގީއެއްގައި ތިބި ބަޔަކަށް ފެނިގެން އޭނާ އެ ޑިންގީ އަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެމީހާ މިހާރު ވަނީ ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *