ބޯޓަކުން ބިދޭސީއަކު މޫދަށް ވެއްޓި ގެއްލިއްޖެ

އެމްއެންޑީއެފް ކޯސްޓް ގާޑް/ ފޮޓޯ- އެމްއެންޑީއެފް

ތިލަފުށި އުތުރުގައި އަޅާފައި އޮތް "ގޭސް އެޓްލާންޓިކް" ނަމަކަށް ކިޔާ ބޯޓަކުން ބިދޭސީއަކު މޫދަށް ވެއްޓިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ބިދޭސީ އަކު މޫދަށް ވެއްޓުނު ކަމުގެ މައުލޫމާތު ލިބުނީ މިރޭ 22:20 އެހާކަށްހާއިރު ކަމަށެވެ. އަދި އެމީހާ ވެއްޓުނުކަމުގެ މައުލޫމާތު ލިބުމާއި އެކު އެމްއެންޑީއެފްގެ މާލެ އޭރިއާ ކޯސްޓުގާޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ ކޯސްޓު ގާޑުގެ ޑައިވަރުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އެ ބޯޓުން ދެ ބިދޭސީ އަކު މޫދަށް ވެއްޓުނު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެގޮތުން އޭގެތެރެއިން އެކަކު އެ ސަރަހައްދުން މަސްވެރިކަމަށް ނިކުމެ އުޅުނު ޑިންގީއެއްގައި ތިބި ބަޔަކަށް ފެނިގެން އޭނާ އެ ޑިންގީ އަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެމީހާ މިހާރު ވަނީ ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ނަމަވެސް މޫދަށް ވެއްޓުނު ދެވަނަ މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *