ހިޔާނާތުގެ ފައިސާގައި ޖެހުނު ފަސް ފުލުހަކު ސަސްޕެންޑުކޮށްފި

ފުލުހުންގެ ދިދަ --

ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާގައި ޖެހުނު ފަސް ފުލުހަކު ސަސްޕެންޑުކޮށްފިއެވެ.

ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހުނުކަމަށް ފާހަގަވާ ފަސް ފުުލުހެއްގެ އިދާރީ އަދި ޖިނާއީ ތަހުގީގުތަކެއް ކުރަމުންދާ ކަމަށެވެ. އެހެންވެ އެމީހުން މިހާރު ތިބީ މަސްއޫލިއްޔަތުން ދުރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

މީގެކުރިން ފުލުހުން ބުނީ ފުލުހުންގެ ތެރެއިން ހަތް ފުލުހަކަށް ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް ބަލަމުން އަންނަ ކަމަށެވެ. އޭރު ފުލުހުން ބުނީ، ފުލުހުންގެ އެތެރޭގެ ތަހުގީގެއް ހިންގަމުން އަންނަ ކަމަށެވެ.

މި މައްސަލާގައި ދައުލަތުގެ އެކި އިދާރާތަކުން އިހުމާލުވެފައިވާ ކަމަށް ދާދިފަހުން ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ. އެގޮތުން އިހުމާލުވެފައިވާ ހުރިހާ މުއައްސަސާތަކެއްގެ މައްސަލަތައް އަންނަނީ ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *