މިއަދު ޕޮޒިޓިވްވީ 17 މީހުން ބަލިން ރަނގަޅުވީ 9 މީހަކު

ކޮވިޑް19 އަށް ތައްޔާރުވުމުގެ ގޮތުން މީގެކުރިން ބޭއްވި ޑްރިލްއެއްގެ ތެރެއިން: ފޮޓޯ / މިހާރު

ރާއްޖެއިން މިއަދު ކޮވިޑް19 އަށް 17 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި 17 މީހުންގެ ތެރޭގައި ހިމެނެނީ 7 ދިވެއްސަކާއި، ބަންގްލަދޭޝްގެ 10 މީހެއް ކަމަށެވެ. މިއާއި އެކު މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 2277 އަށް އަރާފައެވެ.

އެޗްޕީއޭ އިން ބުނީ މިހާތަނަށް ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 9 މީހަކު މިއަދު ބަލިން ރަނގަޅުވި ކަމަށެވެ. މިއާއިއެކު ރާއްޖެއިން މިބައްޔަށް މިހާރު ފަރުވާ ހޯދަމުން ދަނީ 416 މީހަކަށެވެ. ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1848 އަށް އަރާފައެވެ.

ރާއްޖެއިން މިހާތަނަށް 8 މީހަކު ވަނީ މިބަލީގައި މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *