މޫސުން ގޯސްވެއްޖެ، ކަނޑުދަތުރު ކުރުމުގައި ސަމާލުވޭ!

މޫސުން ގޯސްވެފައިވާ ދުވަހަކު ފުލުހުންގެ ލޯންޗެއް ކަނޑު ދަތުރުކޮށްފައި/ ފޮޓޯ- ޕޮލިސް

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ކަނޑުދަތުރު ފަތުރު ކުރުމުގައި ސަމާލުކަން ދިނުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މެދު ރާއްޖެތެރޭގައި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި އިތުރަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކުރި ގޮތުގައި ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ ގަޑިއަކު އަށް މޭލާއި 18 މޭލުގެ ބާރު މިނުގައި ކަމަށާއި ވިލާގަނޑުގައި ހުރިހާ ސަރަހައްދަކަށްވެސް ގަޑިއަކު 45 މޭލުގެ ބާރު މިނުގައި ވައި ޖެހުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *