މިއަދު ޕޮޒިޓިވްވީ 22 މީހުން، ބަލިން ރަނގަޅުވީ 10 މީހުން

ކޮވިޑް19 އަށް ބިދޭސީއެއްގެ ސާމްޕަލް ނަގަނީ: ފޮޓޯ / އެމްއެންޑީއެފް

ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވީ 22 މީހަކު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި 22 މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެއްސަކާއި، ބަންގްލަދޭޝްގެ 13 މީހެއްގެ އިތުރުން އިންޑިއާގެ މީހެއް ކަމަށެވެ. މިއާއިއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2260 އަށް އަރާފައެވެ.

އެޗްޕީއޭ އިން ބުނީ މިހާތަނަށް ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 10 މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. މިއާއިއެކު ބަލި ޖެހި ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1839 އަރާފައެވެ. މިހާރު ބައްޔަށް ފަރުވާ ދެމުން ދަނީ 408 މީހަކަށެވެ.

ރާއްޖެއިން މިހާތަނަށް މިބަލީގައި 8 މީހަކު ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *