ކުރިއަށް އޮތް ހަމަސް ވަރަށް ބޮޑަށް ދަތިވާނެ: ރައީސް

ކުރިއަށް އޮތް ހަ މަސް ދުވަހަކީ އިގްތިސާދީ ގޮތުން ރާއްޖެ އަށް ވަރަށް ބޮޑަށް ދަތިވެގެން ދާނެ ހަމަސް ދުވަސް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކުރިޔަށް ހަމަސް ދުވަހު ވިޔަފާރިތަކާއި އާއްމުންނަށް ވެސް ދަތިތަކާއި ކުރިމަތި ވާނެ ކަމަށެވެ.

"ހަމައެކަނި ދައުލަތުގެ ހަރަދަކަށް އެކަންޏެއް ނޫން އާންމު ހަރަދަށާއި، އާންމު ވިޔަފާރިތަކަށްވެސް ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާނެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ބަޖެޓަށް ބެނުންވާ ފައިސާ އެކި ގޮތްގޮތުން ހޯދަން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން ބޭރުގެ ހެޔޮ އެދޭ ގައުމުތަކުންނާއި ބޭރުގެ މާލީ އިދާރާތަކުން ފައިސާ ހޯދަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

ބިލިއަނެއްހާ ޑޮލަރު ދިވެހި މާލިއްޔާ އަށް ވަދެގެން ނޫނީ ހާލަތުން އަރައިގަތުމަށް ދަތިތަކާއި ކުރިމަތިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބަޖެޓަށް ފައިސާ ހޯދުމަށްޓަކައި 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކަން ނިންމާފައިވާ ކަމަށެވެ. މީގެކުރިން ސަރުކާރުން ނިންމާފައި ވަނީ ޖަޕާނަށް ސަމުރާއީ ބޮންޑު ވިއްކުމަށެވެ. ނަމަވެސް ރައީސް ވަނީ އެކަން މަޑުޖައްސާލާފައިވާ ކަމަށާއި އެކަން މަޑުޖައްސާލަން ޖެހުނީ ވެސް ކޮވިޑް19 ގެ ސަބަބުން ކަމަށެވެ.

ރައީސް ވިދާޅުވީ ބޮންޑު ވިއްކުން ހުއްޓުމަކަށް އައިސްފައި ވަނީވެސް ކޮވިޑް19 އާއި ގުޅިގެން ކަމަށެވެ. އެހެންކަމުން ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދުމަށްޓަކައި 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތް މިހާރު ކުރިޔަށް ދާ ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *