ކަސްޓަމްސްގެ ވެރިޔާ އަކަށް ޝަރީފް އައްޔަންކޮށްފި

ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޝަރީފް އައްޔަން ކުރައްވާ މަގާމުގެ ލިޔުން ރައީސް ދެއްވަނީޅ ފޮޓޯ / ރައީސް އޮފީސް

ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް، ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފިއެވެ.

އެ މަގާމަށް ޝަރީފް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނުއުމާން، މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު އަވަހާރަ ވުމާ ގުޅިގެންނެވެ. އޭގެފަހުން ކަސްޓަމްސް ހިންގަވަމުން ގެންދަވަނީ ޝަރީފެވެ.

ޢަބްދުﷲ ޝަރީފަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ ލިޔުން ހަވާލު ކުރުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެ މަގާމަށް ޝަރީފް އައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައި ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *