ބޯޑަރު ހުޅުވާލާނެ ތާރީހު އިއުލާން ކުރުމަށް ރައީސް ނޫސްވެރިންނާއި ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު: ފޮޓޯ / ރައީސް އޮފީސް

ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދު ކޮށްފައި އޮތުމަށްފަހު އަލުން ބޯޑަރު ހުޅުވާލާނެ ތާރީހު އިއުލާން ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހީމް ހޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ހަވީރު 16:30ގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޕްރެސް ކޮންފަރެންސް އެއް ރައީސް އޮފީހުގައި އޮންނާނެ ކަމަށެވެ.

ކޮވިޑް19 އަށް ފަހު ނޫސްވެރިންނާއި ރައީސް ސޯލިހު ބައްދަލު ކުރައްވާ މިއީ ދެވަނަ ފަހަރެވެ. މީގެކުރިން ރައީސް ސޯލިހު ނޫސްވެރިންނާއި ބައްދަލުކުރެއްވީ ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް އިއުލާން ކުރެއްވުމުގެ ގޮތުންނެވެ. އެ ދުވަހު ވެސް ނޫސްވެރިންގެ ގިނަ ސުވާލުތަކަށް ވަރަށް ގިނައިރު ވަންދެން ރައީސް ވަނީ ޖަވާބު ދެއްވާފައެވެ.

އޭގެފަހުން އެތައް ފަހަރެއްގެ މަތިން ރައީސް ވަނީ ގައުމާއި މުހާތަބު ކުރައްވާ ގައުމުގެ ހާލަތު ރައްޔިތުންނާ ހިއްސާ ކުރައްވާފައެވެ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *