ޕީޕީއެމުން ވެސް މަޖިލިސް ދޮށަށް، އަޑުއުފުލަނީ ފުލުހުންގެ ދިފާއުގައި

ޕީޕީއެމް އެކްޓިވިސްޓުންތަކެއް އިސްވެ ތިބެ، މަޖިލިސް ކައިރީގައި ކުރި މުޒާހަރާ-- ފޮޓޯ/ ޓްވިޓާ

"މަޖިލިސް ހޭލައްވާ" ނަމުގައި އަމިއްލަ ބަޔަކު މަޖިލިސް ކައިރީގައި އެއްވެ އަޑުއުފުލާފައި ވަނިކޮށް، ޕީޕީއެމުން ވެސް މަޖިލިސް ކައިރިއަށް އެއްވެއްޖެއެވެ.

ޕީޕީއެމް އެކްޓިވިސްޓުންތަކެއް އިސްވެ ތިބެ، މަޖިލިސް ކައިރިއަށް އެއްވެ އަޑުއުފުލާފައި ވަނީ ފުލުހުންގެ ޤާނޫނަށް ގެންނަން އުޅޭ ބަދަލާ ދެކޮޅަށެވެ. މަޖިލިސް ކައިރީގައި އަޑު އުފުލި މީހުން ބުނެފައި ވަނީ ފުލުހުންގެ އަގު ވެއްޓޭ ގޮތަށް މަޖިލީހުގައި ވާހަކަ ނުދެއްކުމަށެވެ.

ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅު ޕޯސްޓަރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ތިބެ، މުޒާހަރާ ކުރިއަށް ގެންގޮސްފައި ވަނީ މެދުޒިޔާރަތް މަގާއި ސޯސަންމަގާ ގުޅޭ ކަންމަތީގައެވެ.

މުޒަހަރާ ކުރިއަށް ގެންދިޔަ ވަގުތު، އެތަނުގައި އަމަން ބަލަހައްޓަން ތިބި ފުލުހުން މުޒާހަރާގެ ބައިވެރިންނަށް ނަސޭހަތްތެރިވެފައި ވަނީ މިފަދަ މުޒާހަރާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ސަބަބެއް ކަމުގައި ވިދާޅުވީ ކޮވިޑް19ގެ ނުރައްކާ ފެތުރިފައި ދަނޑިވަޅަކަށްވާތީއެވެ.

މުޒާހަރާ ފެށިތާ ގަޑިއެއްހާއިރު ތެރޭގައި ވަނީ ނިންމާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *