މާލެ ޖަލުން 101 މީހެއްގެ ސާމްޕަލް ނަގައިފި

ކޮވިޑް19 އަށް މީހެއްގެ ސާމްޕަލް ނަގަނީ: ފޮޓޯ / ކަރެކްޝަންސް

މާލެ ޖަލުގައި މަސައްކަތްކުރާ އީއެސްޖީ އޮފިސަރެއް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ޖަލުން ސާމްޕަލްތަކެއް ނަގައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއްޔެ ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ގުޅިގެން އެ ޖަލުން 101 ސާމްޕަލް އެއް ނަގާފައިވާ ކަމަށެވެ.

އެގޮތުން 70 އޮފިސަރުންނާއި މުވައްޒަފުންގެ އިތުރުން 24 ގައިދީންނާއި ބަންދުމީހުންގެ އިިތުރުން ހަތް ވެއިޓަރެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

މީގެކުރިން ވެސް ރާއްޖޭގެ ހުރިހާ ޖަލުތަކުން ވަނީ ރެންޑަމް ސާމްޕަލްތަކެއް ނަގާފައެވެ. ނަމަވެސް އެފަހަރު ނެގި ހުރިހާ ސާމްޕަލް އެއް ވަނީ ނެގެޓިވްވެފައި ކަމަށް ކަރެކްޝަނުން ވެސް އަދި އެޗްޕީއޭ އިން ވެސް ވަނީ ބުނެފައެވެ.

ރާއްޖެއިން މިހާތަނަށް 2,187 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، 1،788 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *