ހޯމް ކަރަންޓީނާއި ހިލާފުވި ދެ މީހަކު ފުވައްމުލަކުން ހައްޔަރުކޮށްފި

ހޯމް ކަރަންޓީނަށް ގެންދިޔަ ބައެއް -- ފޮޓޯ/ ފުވައްމުލަކު ސިޓީ ކައުންސިލު

ފުވައްމުލައް ސިޓީގެ ހޯމް ކަރަންޓީނުގައި ތިބި ދެފަރާތެއް ކަރަންޓީނުގެ އުސޫލުތަކާއި ޚިލާފުވެ ބޭރަށް ނުކުތުމުގެ ސަބަބުން މިއަދު ހައްޔަރު ކޮށްފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ މީގެ ތެރެއިން އެކަކުގެ ބަންދަށް 14 ދުވަސް މިހާރު ޖަހާފައިވާ ކަމަށެވެ. އެޗްޕީއޭގެ އުސޫލުގައި ވާގޮތުން ހޯމް ކަރަންޓީނު ވުމުގެ މުއްދަތަކީ މިހާރު 14 ދުވަހެވެ.

ކައުންސިލުން ވަނީ މިހާރު ހޯމް ކަރަންޓީނުވަމުން އަންނަ ހުރިހާ ފަރާތްތަކުންވެސް މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މި އުސޫލްގައިވާ ގޮތަށް އަމަލްކޮށް، 14 ދުވަސް ހަމަވަންދެން ގެއިން ބޭރަށް ނުނިކުމެ ތިބުމަށް އިލްތިމާސްކޮށްފައެވެ.

ފުވައްމުލައް ސިޓީގެ ރައްޔިތުންގެ ފަރާތުން މިކަމަށް ލިބެމުން އަންނަ އެއްބާރުލުމަށް ސިޓީ ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *