ފުރަތަމަ ފަހަރަށް އައްޑޫގައި ކޮވިޑަށް ޓެސްޓު ކޮށްފި

އައްޑޫ ސިޓީގައި ކޮވިޑް19 އަށް މިއަދު ޓެސްޓު ކުރަނީ: ފޮޓޯ / އޭއީއެޗް

ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގައި ފުރަތަމަ ފަހަރަށް ކޮވިޑް19 އަށް ޓެސްޓު ކޮށްފިއެވެ.

އައްޑޫ ސިޓީގެ އިކުއިޓޯރިއަލް ހޮސްޕިޓަލު (އޭއީއެޗް) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޕީސީއާރް (ބައޯ-ފަޔާ) މެޝިނާ އެކު މިހާރު އެތަނުގެ ލެބޯޓަރީގައި ސާމްޕަލްތައް ޓެސްޓްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މިއީ މާލެ ފިޔަވާ ރާއްޖޭގެ އެހެން ސަރަހައްދެއްގައި ކޮވިޑް19 އަށް ޓެސްޓު ކުރެވެން ފެށި ފުރަތަމަ ފަހަރެވެ.

މި މެޝިނުން ދުވާލަކު 100 ޓެސްޓު ހެދޭއިރު، މެޝިނުން ޓެސްޓުތައް ހެދުމަށް ލެބް ޓެކްނޮލޮޖިސްޓަކަށް ތަމްރީނު ވެސް މިހާރު ވަނީ ދީފައެވެ.

އައްޑޫ ސިޓީގައި މިހާތަނަށް އާއްމުންގެ ތެރެއިން މިބަލި ފެނިފައި ނުވި ނަމަވެސް މާލެއިން އައި މީހަކު ކަރަންޓީންގައި ހުއްޓާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އުމުރުން 65 އަހަރުގެ އެމީހާ ޕޮޒިޓިވްވީ މި މަހުގެ 12ވަނަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *