ޕީއެސްއެމް އިން ތިން މީހަކު ޕޮޒިޓިވްވެއްޖެ

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޓީވީ އިމާރާތް--

ދައުލަތުގެ މީޑިއާ (ޕީއެސްއެމް)ގެ ތިން މުވައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

"ހަތާވީސް އޮންލައިން" އަށް އެނގިފައިވާ ގޮތުގައި މިފަހަރު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެ ކުންފުނީގެ "ޕީއެސްއެމް ނިއުސް" އޮން އެއާގައި މަސައްކަތް ކުރާ އަންހެން ކުއްޖަކު ވެސް ވަނީ ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވި ފުރަތަމަ ދެ މީހުންނަކީ ޕީއެސްއެމްގެ ޓެކްނިކަލް ރިސޯސް ޑިޕާޓުމަންޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ. އެނގިފައިވާ ގޮތުގައި އެ ދެ މުވައްޒަފުން ޕޮޒިޓިވްވުމާއި ގުޅިގެން އެކުންފުނީގެ އެކި ޑިޕާޓުމަންޓުތަކުން ޖުމްލަ 13 މުވައްޒަފަކު ހޯމް އައިސޮލޭޝަންގައި ތިބުމަށް ވަނީ އަންގާފައެވެ.

ޓީވީ އޮން އެއާގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް އެ މުވައްޒަފަކާއި އިތުރު އެއްވެސް މީހަކު ކޮންޓެކްޓު ވެފައި ނުވާ ކަމަށް ބުނެފައެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2187 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1788 އަށް އަރާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *