މިއަދު ރާއްޖެއިން 37 މީހަކު ޕޮޒިޓިވްވެއްޖެ، ބަލިން ރަނގަޅުވީ 19 މީހުން

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ރާއްޖެއިން މިއަދު ކޮވިޑް19 އަށް 37 މީހަކު ޕޮޒިޓިވްވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެއްސަކާއި، ބަންގްލަދޭޝްގެ 12 މީހެއްގެ އިތުރުން އިންޑިއާގެ ހަ މީހެއް ކަމަށެވެ. މިއާއި އެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2187 އަށް އަރާފައެވެ.

އެޗްޕީއޭ އިން ބުނީ ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ފަރުވާ ދެމުން އަންނަނީ 389 މީހަކަށް ކަމަށެވެ. އަދި މިއަދު ބަލިން ރަނގަޅުވި 19 މީހުންނާއި އެކު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1788 އަށް އަރާފައެވެ.

ރާއްޖެއިން މިހާތަނަށް މިބަލި ޖެހިގެން 8 މީހަކު ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *