މާލެ ޖަލުގައި މަސައްކަތްކުރާ އޮފިސަރަކަށް ކޮވިޑް ޖެހިއްޖެ

ޖަލު އޮފިސަރެއް: ފޮޓޯ / ވީ

މާލެ ޖަލުގައި މަސައްކަތްކުރާ އީއެސްޖީ އޮފިސަރެއް ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ އެ އޮފިސަރު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ސާވިސްއިން ކަނޑައަޅާފައިފާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުންދާ ކަމަށެވެ.

އެގޮތުން އެޗްޕީއޭ އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމާއިއެކު އޮފިސަރުންނާއި ގައިދީން ކޯވިޑަށް ޓެސްޓުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

މިއީ ޖަލެއްގައި މަސައްކަތް ކުރާ އޮފިސަރަކު ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. މީގެކުރިން ޖަލުތަކުގައި މަސައްކަތް ކުރާ އޮފިސަރުންނާއި ޖަލުތަކުގައި ތިބި ގައިދީންގެ ރެންޑަމް ސާމްޕަލްތަކެއް ނަގާފައިވީ ނަމަވެސް އެފަހަރު ނެގި ހުރިހާ ސާމްޕަލްއެއް ވަނީ ނެގެޓިވްވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *