މާމެންދޫ އިން އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ގއ. މާމެންދޫ ---

ގއ މާމެންދޫއިން އިތުރު ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އެ ދެ މީހުންނަކީ އިއްޔެ ސާމްޕަލް ނެގި ދެ މީހުންނެވެ. އެ ދެ މީހުން ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މިއަދު ހަވީރުއެވެ. މާމެންދޫ އިން މިބަލި އެންމެ ފުރަތަމަ ފެނުނީ އެ ރަށަށް ހޯމް ކަރަންޓީނަށް ދިޔަ އުމުރުން 28 އަހަރުގެ މީހެއްގެ ގައިންނެވެ.

އެމީހާއަކީ މި މަހުގެ 13ވަނަ ދުވަހު މާލެއިން މާމެންދޫ އަށް ހޯމް ކަރަންޓީނަށް ދިޔަ މީހެކެވެ. އެމީހާ ދަތުރުކުރި ފްލައިޓުގައި ޖުމްލަ 80 މީހަކު ދަތުރުކުރިއެވެ. އެ ފްލައިޓުގައި ހިމެނެނީ ގއ. ގެމަނަފުއްޓާއި ގއ. މާމެންދޫ އަށް ނިސްބަތްވާ މީހުންނެވެ. އެގޮތުން މާމެންދޫ އަށް ދިއުމަށްޓަކައި އެ ފްލައިޓުން 35 މީހަކު ދަތުރު ކުރި ކަމަށާއި ބާކީ ތިބި މީހުންނަކީ ގެމަނަފުއްޓަށް ދަތުރުކުރި މީހުންނެވެ.

މާމެންދޫ އިން ފެނުނު ފުރަތަމަ ކޭސްގެ ކޮންޓެކްޓު ޓްރޭސިން އަށް ފަހު މާމެންދޫ އަދި ގެމަނަފުށި މޮނީޓަރިން އަށް ލުމާމެދު ގޮތެއް އަދި ނިންމާފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *